Last Updated: June 16, 09:39
Monday, June 16, 2025
ކުޅިވަރު

ޝަރަފުއްދީނުން ހިތަދޫ ސްކޫލް ކޮޅަށް 16 ލަނޑު

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ޝަރަފުއްދީން ސްކޫލް މޮޅުވެއްޖެއެވެ.

ވާދަވެރި މި ދެޓީމް ކުޅުނު މި މެޗް ޝަރަފުއްދީން ކާމިޔާބުކުރީ 16-4 ލަނޑުންނެވެ.

މެޗުގައި ޝަރަފުއްދީން ސްކޫލުން ޖެހި 16 ލަނޑުގެ ތެރެއިން 5 ލަނޑު ޖަހާދިނީ އަސަދުﷲ އަލީ ޝަހީދުއެވެ. އެޓީމްގެ އަމްރާން އުމަރު 4 ލަނޑު ޖެހިއިރު ކެޕްޓަން ހާމީ ނަޖާހު ވަނީ ހެޓްރިކް ހަދާފައެވެ.

އެޓީމަށް ދެން ގޯލް ޖަހާ ދިނީ 2 ލަނޑު ޖަހާ ދިން ހުސައިން ރާއިފް ނިޔާޒްގެ އިތުރުން އަބްދުﷲ ޔަމަން ފިރާގް އާއި އަހްމަދު ހުބާބްގެ ވަނީ އެއް ގޯލް ޖަހާފައެވެ.

މުބާރާތުގައި މިހާތަނަށް އެއްވެސް މެޗްކުން މޮޅުވެފައި ނުވާ ހިތަދޫ ސްކޫލުން ވަނީ މިމެޗްގައި 4 ލަނޑު ޖަހާފައެވެ. އެޓީމުން ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖެހީ އަލީ ޝިމާއުއެވެ. ހަތަރު ވަނަ ލަނޑު ޖެހީ އަހްމަދު ރާްއިމް ރަހީނުއެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ސ. އަތޮޅު މަދަރަސާ އާއި ފޭދޫ ސްކޫލްއެވެ. މެޗް ފަށާނީ ހަވީރު 4:15 ގައެވެ.