Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ދާއިރާތަކަށް މިއަދު ދަތުރެއް ފަށަނީ

އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕުން އިސް ނަގައިގެން ރާއްޖޭގެ އެކި އެކި ދާއިރާތަކަށް ކުރައްވާ ދަތުރުތަކެއް މިއަދު ފެށުމަށް ހަމަޖައްސައިފި އެވެ.

ެއެ ގޮތުން އެންމެ ފުރަތަމަ ޓީމު ދަތުރު ކުރާނީ ލ. އަތޮޅުގެ ރައްތަކަށެވެ.

މި ދަތުރުގައި ލ. އަތޮޅުގެ ރައްތަކުގައި މި ޕާޓިގެ ހަރަކާތް ތަކެއް ވަނީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސާފަ އެވެ. އެ ގޮތުން ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީގެ ހަރަކާތްތައް އިތުރުކުރުން ކުރިޔަށް ދާނެ އެވެ. ޕާޓީ އަށް މެމްބަރުން އިތުރު ކުރުމާއި، އާއްމު ޖަލްސާތައް ބޭއްވުމާ، ދާއިރާތިަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުން ނާ ބައްދަލު ކުރުންވެސް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މި ދަތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނީ ޗެއަޕާސަން ރީކޯ މޫސާ މަނިކެވެ.
މީގެ އިތުރުން ޕާލިއަމަޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދުގެ އިތުރުން އިތުރު މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އަދި ހަމަ މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު އާ ދާއިރާ ރައީސުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.