Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

ދިދައާ އުސޫލު އުފެދުމުގައި ވެސް ބާތިލް: އަލީ

މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން އިއްޔެ ގެޒެޓްކުރި، ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލު ކަންވެސް ކުރައްވަމުން ގެންދަވަ އަލީ ހުސައިން ވިދާޅުވި ގޮތުގައި، ދިވެހި ދިދައާއި ބެހޭ ޤާނޫނެއް ނެތި ދިވެހި ދިދައާއި ބެހޭ އުސޫލެއް ނެހެދޭނެ ކަމަށެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ނަގައިދިނުމަށް ފުލުހުން އެދިފައިވާކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މައުމޫންގެ އޮފީހުން ބުނި ގޮތުގައި އިއްޔެ އެެކުލަވާލާ އާންމުކުރި " ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އައު އުސޫލު"ގެ ދަށުން އެ އޮފީހުގައި ގައުމީ ދިދަ ނަގާފައި ނުބެހެއްޓޭނެކަމަށް ފުލުުހުން އަންގާފައިވާކަމަށެވެ.