މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ފޭދޫ ސްކޫލް އަދި ސ. އަތޮޅު މަދަރަސާ ބައްދަލު ކުރި މެޗް 6-0 ލަނޑުން ފޭދޫ ސްކޫލް މޮޅުވެއްޖެއެވެ.
މެޗްގައި ފޭދޫ ސްކޫލުން ޖެހި 6 ލަނޑުގެ ތެރެއިން 4 ލަނޑު ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސެއިން ލައިސް އަދުނާންއެވެ. އެޓީމަށް ކާމިޔާބްވި އެއް ލަނަޑަކީ އަތޮޅު މަދަރަސާގެ މުހައްމަދު ޝާވީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 6 ވަނަ ލަނޑަކީ ހުސެއިން ޝިޔާހް ހާދީ ޖަހާ ދިން ލަނޑެކެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ އައްޑޫ ހައި ސްކޫލް އާއި ޝަރަފުއްދީން ސްކޫލެވެ.