ޓްވީޓް ކުރުން ހުއްޓުވޭނީ އިނގިލިތައް ކަނޑައިގެން ކަމަށް ސޯޝަލް މީޑިޔާގެ މަޝްހޫރު އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ބުނެފިއެވެ.
ލޫކަސް މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، " އަހަރެމެން ޓްވީޓް ކުރުން ހުއްޓުވޭނީ އިނގިލިތައް ކަނޑައިގެން" ކަމަށެވެ.
Aharumen tweet kurun huttuveyny ingili thah kandaigen #SaveFaafu
— Luke (@Lucasjalyl) March 10, 2017
ފުލުހުންގެ ސެންސިޓިވް އެންޑް ކޮންފިޑެންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ބަލަމުން ގެންދާ މައްސަލައެއްގައި ލޫކަސް މިއަދު ފުލުހަށް ހާޒިރުކޮށް އޭނާގެ ފޯނު ވަނީ އަތުލާފައެވެ.
ލޫކަސް މިއަދު ފުލުހަށް ހާޒިރު ކޮށްފައިވާއިރު ފ. އަތޮޅު ސައޫދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ވިއްކާލުމާ ދެކޮޅަށް އޭނާ އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި އެކި ލިއުންތައް ލިއަމުންނެވެ.