Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

"ދޯސްތާނާ" ގެ ސީކްއެލްގެ މަސައްކަތް ފަށަނީ

ޖޯން އަބްރަހަމް އާއި އަބިޝެކް ބައްޗަން ލީޑް ރޯލް ކުޅުނު 2008 ވަނަ އަހަރުގެ ކާމިޔާބް ފިލްމް "ދޯސްތާނާ" ގެ ސީކްއެލްގެ މަސައްކަތް މި އަހަރުތެރޭ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދަައްކަމުން އަބިޝެކް ބުނެފައި ވަނީ "ދޯސްތާނާ" ގެ ސީކްއެލްގެ ސްކްރިިޕްޓްގެ މަަސައްކަތް ޑައިރެކްޓަރު ތަރޫން މަންސުކާނީ ނިންމާފައިވާ ކަމަށެވެ. އަދި ސްކްރިޕްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރީ ފިލްމާ ހިލާފަށް ސީކްއެލްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ މަޔާމީގެ ބަދަލުގައި އިންޑިއާގެ ޕަންޖާބްގަ އެވެ. އެހެން ނަމަވެސް މިކަން އަދި އެއްވެސް ފަރާތަކުން ކަށަވަރެއް ނުކޮށް ދެ އެެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފެއްދި "ދޯސްތާނާ" އަށް ފަހު، އެ ފިލްމްގެ ސީކްއެލްގެ މަސައްްކަތް ފެށުމާ ބެހޭ ގޮތުން މީގެ ކުރިން ވެސް އެކި ގޮތަށް ވާހަކަ ދެކެވިފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމް ނެހެދި މިހާތަނަށް ދިގުލައިގެން ގޮސްފައި ވަނީ ޑައިރެކްޓަރު ހިތްހަމަޖެހޭ ވަރަށް ސްކްރިޕްޓް ތައްޔާރު ނުކުރެވިގެންނެވެ.

އެހެން ނަމަވެސް މިހާރު ހަމަޖެހިފައި އޮތް ގޮތުން މި ފިލްމްގެ މަސައްކަތް މި އަހަރު ފަހުކޮޅި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމްގެ ވަގުތު ދިނުމަށް ޖޯން އާއި އަބިޝެކް އަންނަނީ އެ މީހުންގެ ޝެޑިއުލް ރާވަމުންނެވެ.

"ދޯސްތާނާ" ގެ ބަތަލާއަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އެހެން ނަމަވެސް ސީކްއެލް އިން ޖޯން އާއި އަބިޝެކް އާ އެކު ފެނިގެން ދާނީ ކެޓްރީނާ ކެއިފް ކަމަށްވެ އެވެ.