Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދިވެހި ދިދަ އަކީ އެންމެންގެ މިލްކެއް: ސުއޫދު

ގާނޫނީ ވަކީލް:ހުސްނުއް ސުއޫދު

ދިވެހިރާއްޖޭގެ ގައުމީ ދިދަ އަކީ އެންމެންގެ މިލްކެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަކީ، އުފެދުމުގައި ވެސް ބާތިލް އުސޫލެއް ކަމަށް ވިދާޅުވެ ސުއޫދު ވަނީ އެ އުސޫލަށް އަމަލު ނުކުރުމަށް ގޮވާލާފައެވެ.

" އެ އުސޫލަށް އަމަލު ނުކުރުމަށް ގޮވާލަން. ދިވެހި ދިދަ އަކީ އެންމެންގެ މިލްކެއް" ސުއޫދުގެ ޓްވިޓާރގައި ވިދާޅުވެފައިވެއެވެ.

ސުއޫދުގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވެސް ވަނީ ހޯމް މިނިސްޓްރީ އިން އެކުލަވާލާފައިވާ "ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އައު އުސޫލު"ގެ ޤާނޫނީ ސައްހަ ކަމާއި މެދު ސުވާލު އުފައްދާފައެވެ.