ދިވެހި ދިދަ ހެޔޮގޮތުގައި ބޭނުން ކުރުމުގެ ހައްގު ދިވެހިންގެ ކިބައިން ނިގުޅައިގަތުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީ އިން ބުނި ގޮތުގައި ދިވެހި ދިދައަކީ، ސަރުކާރުގެ ރަމްޒެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ރަމްޒެއް ކަމަށެވެ.
" ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން. އެއީ ދައުލަތުގެ ރަމްޒެއް، ދައުލަތް ނިސްބަތް ވަނީ ހުރިހާ ރައްޔިތުންނަށް" އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން ދިވެހި ދިދަ ގެންގުޅުމާއި ބެހޭ އުސޫލެއް އާންމުކޮށްފައި ވަނީ، ދިވެހި ދިދަ އާއި ބެހޭ ޤާނޫނެއް ނެތިއެވެ. އެ މައްސަލާގައި ބައެއް ގާނޫނީ ވަކީލުން ބުނެފައިވާ ގޮތުގައި ދިވެހި ދިދަ އާއި ބެހޭ ގާނޫނެއް ނެތި، އެފަދަ އުސޫލެއް ނެހެދޭނެ ކަމަށެވެ.