އައްޑޫގެ މެޖިސްޓްރޭޓަކަށް ބިރު ދައްކައި އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މެޖިސްޓްރޭޓަށް ބިރު ދައްކައި އިންޒާރު ދެމުން ދިޔަ މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ މީދޫ މީހެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހޯމަ ދުވަހު ހައްޔަރު ކުރި އަބްދުﷲ ގެ ބަންދުގެ މުއްދަތު ވެސް ކޯޓުން މިހާރު ވަނީ 15 ދުވަހަށް އިތުރުކޮށ ދީފަ އެވެ.
މެޖިސްޓްރޭޓަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. މީދޫ ކުރެނދިމާގޭ އަބްދުﷲ ވަހީދު އެވެ.
އޭނާ ތަކުރާރުކޮށް މެޖިސްޓްރޭޓަށް ބިރު ދައްކާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި، އޭނާގެ ދަރިއެއްގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވެ ޖަލަށް ލާން މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ކަމަށް މެޖިސްޓްރޭޓް ވިދާޅުވި އެވެ. އެ ހުކުމަށް ފަހު ތަކުރާރުކޮށް ފޯނުން ގުޅައި އިންޒާރު ދެމުން ގެންދިޔަ ކަމަށް ކަމަށް ވެސް މެޖިސްޓްރޭޓް ވިދާޅުވި އެވެ.