ޖަލަށްލި ކަމުގައިވި ނަމަވެސް މި ސަރުކާރާއި ޒިންމާދާރު ކުރުުވުމަށް ކުރާ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވި ގޮތުގައި ޖަލަށްލި ކަމުގައި ވިނަމަވެސް އެ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.
ބައްޕާފުޅު ކުރީގެ ރައީސް މައުމޫނުވެސް ލައްކަ ދުވަހު ޖަލުގައި އޮންނެވި ކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ ރައީސް މައުމޫނުވެސް ހުންނެވީ ސަރުކާރު ޒިންމާދާރު ކުރުމަށް މިކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވައިގެން ކަމަށެވެ.
ފާރިސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މަޤާމުން ދުރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް "ގުޅިފައިވާ ކޯލިޝަނުން" ނަގާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.