ސަލްމާން ހާންގެ ބޮޑީގާޑް ޝޭރާގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް ލޯންޗް ކުރަން ސަލްމާން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ދާދި ފަހުން ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނި ޝޭރާގެ އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅަކީ ބޮލީވުޑަށް ތައާރަފް ކުރަން ރަނގަޅު މޫނެއް ކަމަށެވެ. އަދި އެކަމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް ސަލްމާން ބުނެފައިވެ އެވެ.
"އޭނާއަކީ ބަލާލަން ރީތި އުމުރުން 20 އަހަރުގެ ޒުވާނެއްް. އަދި ފިލްމީ ދާއިރާ އަށް ޝައުގުވެރިވާ ޒުވާނެއް. އޭނާ ލޯންޗް ކުރުމަށް އަހަރެން މަސައްކަތް ކުރާނަން" ސަލްމާން ބުންޏެވެ.
އެހެން ނަމަވެސް މިކަމާ ބެހޭ މާ ބޮޑު ތަފުސީލެއް ސަލްމާން ނުދެ އެވެ.
ޝޭރާގެ ދަރިފުޅު ބޮލީވުޑަށް ނެރުމަށް ތައްޔާރުވަމުން އަންނަ އިރު 2011 ވަަނަ އަހަރު ރިލީޒް ކުރި ހިޓް ފިލްމް "ބޮޑީގާޑް" ގެ ޓައިޓްލް ލަވައިގައި ސަލްމާނާއި ކެޓްރީނާ އާ އެކު ޝޭރާ ވެސް ފެނިފައިވެ އެވެ.
ސަލްމާނަކީ މީގެ ކުރިން ވެސް ބޮލީވުޑަށް އާ ތަރިން ނެރުމަށް ގިނަ މަސަައްކަތްތަކެއް ކޮށްފައިވާ އެކްޓަރެއްގެ އިތުރުން އެ ތަރިންގެ ކެރިއަރު ކާމިޔާބް ކުރުމަށް ވެސް މަސަައްކަތްތަކެއް ކުރަމުން އަންނަ އެކްޓަރެއްކަން ފާހަގަކޮށްލެވެ އެވެ.
އޭނާގެ އިރުޝާދުގެ ދަށުން ލޯންޗްވި ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ (ދަބަންގް)، އަރުޖުން ކަޕޫރު (އިޝަގްޒާދޭ)، ޒަރީން ހާން (ވީރް) ފަދަ ތަރިން ހިމެނެ އެވެ.