Last Updated: June 20, 06:19
Saturday, June 20, 2026
ކުޅިވަރު

ރަފާހު ޖެހި ފަސް ލަނޑާ އެކު ހައި ސްކޫލް މޮޅުވެއްޖެ

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި އައްޑޫ ހައި ސްކޫލް އަދި ޝަރަފުއްދީން ސްކޫލް ބައްދަލު ކުރި މެޗް 6-2 ލަނޑުން ހައި ސްކޫލު ކާމިޔާބް ކޮށްފިއެވެ.

ހައި ސްކޫލުން ޖެހި 6 ލަނޑުގެ ތެރެއިން 5 ލަނޑު ޖެހީ އެޓީމްގެ ކުރިއަށް ކުޅެމުން އަންނަ ރަފާހް އިބްރާހިމްއެވެ. އަނެއް ލަނޑަކީ ހައި ސްކޫލްގެ ކެޕްޓަން ހާޒިމް ފައުޒީ ޖެހި ލަނޑެކެވެ.

ޝަރަފުއްދީންއަށް ލަނޑު ޖަހާ ދިނީ ކެޕްޓަން ހާމީ ނަޖާހު އާއި އަމްރާން އުމަރުއެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ފޭދޫ ސްކޫލް އާއި އިރުޝާދިއްޔާ ސްކޫލްއެވެ.