އިނގިރޭސި އެފްއޭ ކަޕުގައި އާސެނަލް އަދި ލިންކަން ސިޓީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-5 އިން އާސެނަލް ކާމިޔާބުކުރި ނަމަވެސް ކުލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިސީޒަނުގައި ވެންގާ ބޭރުކުރުމަށް ކުރާ މުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންގޮސްފިއެވެ.
ބެޔާން މިއުނިކް އަތުން އަނެއްކާވެސް ބަލިވެ ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު މިސީޒަނުގައި އާސެނަލް ބަލިވެފައިވަނީ މިހާތަނަށް އިނގިރޭސި ކުލަބެއް އެގްރިގޭޓުން ބަލިވި އެންމެ ބޮޑު ސްކޯ(2-10)އިންނެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލްއަތުން ބަލިވެ ސަޕޯޓަރުންވަނީ މިހާތަނަށް ދުވަހަކުވެސް ނުކުރާ ވަރަށް ވެންގާ ބޭރުކުރުމަށް އިހުތިޖާޖުކޮށްފައެވެ. ރޭގެ މެޗުން މޮޅުވެ ފިނިކަމެއް ލިބުނު ނަމަވެސް އަދިވެސް ގިނަ ސަޕޯޓަރުން ބޭނުންވަނީ ވެންގާ ބޭރުކުރުމަށެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ތިއޯ ވޮލްކޮޓް ވަނީ މެޗުގެ ލީޑު ނަގާފައެވެ. އާސެނަލްއިން ވަނީ ފަހު ހާފުގައި ހަތަރު ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ލަނޑުތައް ޖަހާދިން ކުޅުންތެރިންނަކީ ވޮލްކޮޓްގެ އިތުރުން ޖިރޫޑް، ސަންޗެޒް އަދި ރަމްސީއެވެ. އާސެނަލްގެ ތިންވަނަ ގޯލަކީ ލިންކޮންގެ ވޯޓަފޯލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭގައި ސިޓީ އަދި މިޑްލްސްބްރަގް ބައްދަލުކުރި މެޗު ސިޓީވަނީ 0-2 އިން ކާމިޔާބުކޮށް އެފްއޭ ކަޕުގެ ސެމީއިން ޖާގައެއް ހޯދާފައެވެ. ކުއާޓާގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާނީ މާދަމާއެވެ.