Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

ޕީޕީއެމްގެ މިރޭ ޖަލްސާއަށް ދާން މަޖުބޫރު

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ޕީޕީއެމްގެ ޖަލްސާއަށް ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ ބްރާންޗްގެ މުވައްޒަފުން ދާން އަންގައިފިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފަކު ބުނި ގޮތުގައި މިރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާއަށް ކޮންމެހެން ވެސް ދާން ޖެހޭނެ ކަމަށާއި އަދި ހާޒިރީ ބަލާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

" މިރޭ އޮންނަ ޖަލްސާއަށް ކޮންމެހެން ވެސް ދާންޖެހޭނެ ކަމަށް މިއޮތީ އަންގާފައި. އަދި ޖަލްސާއަށް ދާމީހުން ބެލުމަށް ހާޒިރީ ބެލުން އޮންނާނެ ކަމަށް ބުނީ"

މިކަމާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަނު އައްޑޫ އޮފީހުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މިރޭ ޝަރަފުއްދީން ސްކޫލްގައި ބާއްވާ ޖަލްސާ އަކީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓުން ތައާރަފް ކުރުމަށް، ބާއްވާ ޖަލްސާއެކެވެ.