Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

އައްޑޫ ކެމްޕޭން ލޯންޗް ކުރަން ޕީޕީއެމްގެ ވަފުދެއް އައްޑު އަށް

ޕީޕީއެމް އިން އައްޑޫގައި ބޭއްވި ސައިކަލް ބުރެއް.

އައްޑޫ ސިޓީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އައްޑޫގައި ލޯންޗްކުރުމަށް ޕީޕީއެމްގެ އިސްބޭފުޅުންތަކެއް މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެ ވަފުދުގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ އައްޑޫ އަށް އައިސްފައެވެ. އިތުރު ބޭފުޅުން މިއަދު ހަވީރުގެ ވަގުތެއްގައި އައްޑޫއަށް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.

ޕީޕީއެމްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމް، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު(ޝާޑު)ގެ އިތުރުން ބައެއް ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ކޯޑިނޭޓަރުންނާއި ސްޓޭޓް މިނިސްޓަރުން މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

ޕީޕީއެމް ވަފްދުގެ ބައިވެރިން

1. އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްގެ ނައިބް ރައީސް
2. ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު
3. މެންބަރ މުހައްމަދު ޝާހިދު
4. މެންބަރ އަލީ ޝާހު
5. ޔޫސުފް އަބްދުލް ޣަފޫރު ( ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ)
6. އިޤްބާލް އާދަމް ( ޕީޕީއެމް ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް)
7. މެންބަރ އަބްދުﷲ އަހުމަދް
8. އަލީ އާދިލް (ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ)
9. ނިޒާހް މުހައްމަދު ރަފީއު ( ޑެޕިއުޓީ މިނިސްޓަރ- އެންވަޔަރަމަންޓް މިނިސްޓްރީ)
10. މުހައްމަދު ޝާހިދު (އެމްއައިޓީޑީސީގެ އެމްޑީ)
11. މުހައްމަދު ވަހީދު ހަސަން (އެމްކިއުއޭގެ ސީއީއޯ)
12. މުއާޒް ހަލީމް ( ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރ)
13. ހަސަން ލަބީބް( ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ)
14. އަބްދުﷲ އިބްރާހިމް (ޔޫތް މިނިސްޓްރީގެ ސުޕަވައިޒަރ)
15. ޝަރުވަތު އަބްދުﷲ ފާއިޒު (އެމްއައިޓީޑީސީގެ އެޗްއާރް އޮފިސަރ)
16. އައިޝަތު ޝުހައިލާ (ޕީޕީއެމް ކައުންސިލް މެންބަރ)
17. އިބްރާހިމް އިސްމާއިލް (އެމްއައިޓީޑީސީގެ އެސިސްޓެންޓް މެނޭޖަރ)

މިއަދު ޕީޕީއެމްއަށް ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން އައްޑޫ ސިޓީގައި އެޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިރޭ ޝަރަފުއްދީން ސްކޫލްގައި ކައުންސިލަށް ވާދަކުރައްވާ ޕީޕީއެމް ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވާ ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.