Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުން މިމަހު 27 ގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ކަމަށް ފާސްކޮށް ދިނުމަށް އެދި 26 މެމްބަރުންގެ ސޮޔާއި އެކު ހުށަހެޅި މައްސަލަ މި މަހުގެ 27އަށް ތާވަލްކޮށްފިއެވެ.

އިދިކޮޅު މެމްބަރުންގެ ތާއިދާއި އެކު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރ އަހަމްދު ފާރިސް އިސްވެހުންނަވައިގެން މަޖްލީހަށް ހުށަހެޅި މައްސަލަ ކާމިޔާބްވާނެކަމަށް ރޭ ފާރިސް ވަނީ ވިދާޅުވެފައެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ގަވާއިދާއި ހިލާފަށް މަޖްލިސް ކުރިއަށް ގެންދަވާތީކަމަށް މައްސަލަ ހުށަހެޅުއްވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ މަސީހު މަޖްލިސްގެ ރައީސްކަމުން ދުރުކުރެވުމާއި އެކު ސަރުކާރު ޖަވާބުދާރީ ކުރެވެން ފަށާނެކަމަށެވެ. މަސީހު ބޭރު ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ތާއިދު ކުރައްވައެވެ.