Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

އެމްްޑީޕީ ކެންޑިޑޭޓު ކެންޑިޑެންސީ ބާތިލުކޮށް ޕީޕީއެމްއަށް ސޮއިކޮށްފި

ފޮޓޯ-ސަން

ހ.އ އުތީމު ކައުންސިލަށް ކުރިމަތިލި އެމްޑީޕީ ކެންޑިޑޭޓު އޭނާގެ ކެންޑިޑެންސީ ބާތިލުކޮށް ވެރިކަންކުރާ ޕީޕީއެމްއާއި ގުޅިއްްޖެއެވެ.

އެމްޑީޕީގެ ހަމައެކަނި ކެންޑިޑޭޓުގެ ގޮތުގައި އުތީމު ކައުންސިލަށް ވާދަކުރި އަބްދުއްރަޝީދު ޕީޕީއެމް އަށް ސޮއިކޮށްފައިވަނީ މިއަދު ހެނދުނު އުތީމު ގަނޑުވަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

އަބްދުއްރަޝީދު ވަނީ މިރަސްމިއްޔާތުގައި ފަސްޓް ލޭޑީ، ފާތުމަތް އިބްރާހީމާއި އޭނާ ޕީޕީއެމްއަށް ސޮއިކުރި ފޯމު ވަނީ ހަވާލުކޮށްފައެވެ. އުތީމު ކައުންސިލަށް ދެން ކުރިމަތިލާފައިވަނީ ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނާއި މިނިވަން ކެންޑިޑޭޓެކެވެ.

އަބްދުއްރަޝީދު ޕީޕީއެމްއާއި ގުޅުމުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވެފައިވަނީ އެދާއިރާއިން އެމްޑީޕީއަށް އޮތް ސަޕޯޓު ގެއްލި ޕީޕީއެމްގެ ސަޕޯޓު އިތުރުވެފައިވާ ކަން މިކަމުން ހާމަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ ދާދިފަހުން ޕީޕީއެމްއަށް ސޮއިކޮށްފައެވެ.