ހިތަދޫގެ އެމްޑީޕީ އެކްޓިވިސްޓް އިބްރާހީމް ސޮބްރީ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީ ސަރުކާރުގައި، ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) ޑިރެކްޓަރުކަން ކުރެއްވި ސޮބްރީ ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ސޮބްރީ ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓާ ދިމާކޮށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިމާރާތެއް އެޅުމުގެ މަސައްކަތް ބިޑިން އުސޫލްތަކާ ހިލާފަށް ބަޔަކާ ހަވާލުކޮށްފައިވާ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގެ 2 އަޑުއެހުމެއް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ވަނީ ބާއްވާފައެވެ.
އައްޑޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ސޮބްރީ ވަނީ، 2007 ގައި "ނަމޫނާ" ދޯނީގައި ސަރުކާރާ ދެކޮޅު ހަރަކާތެއް ހިންގި މައްސަލައިގައި 1 މަސް ދުވަހު ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައެވެ.