Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އޭސީސީއަށް ފާރިސް ހާޒިރުކުރަނީ

އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ ތަހުގީގަކާއި ގުޅިގެން އެކޮމިޝަނަށް ހާޒިރުވާން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިޝް މައުމޫނަށް އަންގައިފިއެވެ.

ފާރިސް އޭނާގެ ޓްވިޓަރ ގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ދަނޑިވަޅެއްގައި އޭނާ އޭސީސީއަށް ހާޒިރުވާން އެންގުމަކީ ސިޔާސީ ގޮތުން ކުރާ ދުއްތުރާލެއް ކަމަށެވެ.

ޖަލަށް ދާން ޖެހުނު ކަމުގައި ވިޔަސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ދާދި ފަހުން ފާރިސް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ.

މަސީހް މަގާމުން ވަކިކުރުމަށް 42 ވޯޓު ބޭނުންވާއިރު އެ އަދަދަށް ވޯޓު ހަމަވެފައިވާކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.