Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަތޮޅުތެރޭގައި ވެސް ސްވައިންފްލޫ ދަނީ ފެތުރެމުން: ހެލްތް މިނިސްޓްރީ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

އަތޮޅުތެރޭގައި ވެސް ދަނީ އެޗް1އެން1 (ސްވައިން ފްލޫ) ގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީ އިން މިގޮތަށް ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސެއްގައެވެ.

ހެލްތް މިނިސްޓްރީ އިން ބުނި ގޮތުގައި އެހެން އަހަރުތަކާއި އަޅާބަލާއިރު ސްވައިން ފްލޫގެ ކޭސްތައް އިތުރުވި ނަމަވެސް އެއީ ނުރައްކާތެރި ހާލަތެއް ނޫން ކަމަށެވެ.

އަތޮޅު ތެރޭގައި ސްވައިން ފްލޫގެ ކޭސްތައް ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފައިވާއިރު، އައްޑޫއިން ސްވައިން ފްލޫގެ ކޭސް އެއް ފެނުނު ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

'އައްޑޫލައިވް'ގެ ފަރާތުން ހިތަދޫ ހޮސްޕިޓަލުގެ މެނޭޖަރ އަބްދުﷲ ޖަމީލް އާއި ޑިރެކްޓަރ ޝާހު ސައީދަށް ތަކުރާރުކޮށް ގުޅި ނަމަވެސް އެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިހާތަނަށް 27 މީހަކު އެޗް1އެން1 ވައިރަސް އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.