ސ. މަރަދޫން ކަންނެލި މަސްވެރިކަމަށް ނިކުތް ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއިން ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ދޯނީގެ ވެރިމީހާއާއި ހަވާލާދީ އެމްއެންޑީއެފްއިން ބުނީ 78 ފޫޓް ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށެވެ.
"އޮއިވަރު" ނަމަކަށް ކިޔާ މި ދޯނީގެ ބޭރުގައި ހުދު ކުލައިގެ ދަވާދު ލާފައިވާއިރު، ދޯނީގެ ގެ ގަނޑުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ ކަމަށް އޭގެ ވެރިމީހާ އާ ހަވާލާދީ ކޯސްޓް ގާޑުން ބުންޏެވެ.
"އޮއިވަރު" ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ހިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.