Last Updated: June 25, 20:21
Thursday, June 25, 2026
ސިޔާސީ

ފާރިސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފް

މަޖްލިސްގެ ރައީސްކަމުން އަބްދުﷲ މަސީހު ބޭރުކޮށް، މަޖްލިސް ހަމަ މަގަށް އެޅުވުމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އިދިކޮޅު ފަރާތްތަކާއި އެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ފާރިސްއަށް ތައުރީފް ކުރެއްވުމުން ފާރިސް ވަނީ ޓްވީޓަކުން ޝުކުރު ދަންނަވާފައެވެ.

މަޖްލިސްގެ ގަވާއިދާއި ހިލާފަށް މަސީހު މަޖްލިސް ހިންގަވަމުން ގެންދަވާކަމަށް ވިދާޅުވެ ފާރިސް އިސްވެ ހުންނަވައިގެން މަޖްލިސްެއަށް ހުށަހެޅި މައްސަލަ މިމަހުގެ 27އަށް ތާވަލްކޮށްފައިވާ އިރު މަސީހު ބޭރު ކުރެވޭވަރަށް ވޯޓު ލިބޭނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ ޖަލަށް ލިޔަސް ސަރުކާރު ޒިންމާދާރު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށެވެ.