Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ސްވައިން ފްލޫ ފެތުރެނީ، ބަލި ޖެހިގެން މީހަކު މަރުވެއްޖެ

ރާއްޖޭގައި ސްވައިން ފްލޫ ހަލުވިކަމާއެކު ފެތުރެމުން ދާ ކަމަށާއި މިހާރު މިބަލި ޖެހުނު މީހުންގެ އަދަދު 51 އަށް އަރައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މީގެ އިތުރުން މިމަހުގެ 4 ވަނަ ދުވަހު މަރުވި މީހާ ސްވައިން ފްލޫ އަށް ޕޮސިޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބަލި ހަލުވި ކަމާއެކު ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ތިން ދުވަސް ވަންދެން މިހާރު ވަނީ ބަންދުކޮށްފައެވެ.

ސްވައިން ފްލޫ ޖެހިގެން މާބަނޑު އަންހެނަކު ސީރިއަސްވެ ފަރުވާ ދެމުން ދަނިކޮށް އިތުރު މާބަނޑު އަންހެނެއްގެ ގައިންވެސް މިބަލި ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބަލީގެ ވެކްސިން ރާއްޖޭގައި މިވަގުތު ހުރީ ވަރަށް މަދުންނެވެ.