Last Updated: June 25, 20:21
Thursday, June 25, 2026
ކުޅިވަރު

ޝަރަފުއްދީން އަތުން އަތޮޅު މަދަރަސާ އަށް ހަނި މޮޅެއް

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި ޝަރަފުއްދީން ސްކޫލާއި ސ. އަތޮޅު މަދަރަސާ ބައްދަލުކުރި މެޗް ހަނި ގޮތަކަށް އަތޮޅު މަދަރަސާ މޮޅުވެއްޖެއެވެ.

މެޗް އަތޮޅު މަދަރަސާއިން ކާމިޔާބް ކުރީ 5-4 ލަނޑުންނެވެ. މި މެޗްގައި އަތޮޅު މަދަރަސާގެ އިބްރާހިމް ލީވާން 4 ލަނޑު ޖެހި އިރު އެޓީމްގެ ފަހު ލަނޑަކީ މުހައްމަދު ހަމްދާން ކާމިޔާބް ކޮށްދިން ލަނޑެކެވެ.

ޝަރަފުއްދީން ސްކޫލްއިން ޖެހި 4 ލަނޑުގެ ތެރެއިން 2 ލަނޑު ޖެހީ އިބްރާހިމް އަމްރާން އުމަރުއެވެ. އެޓީމްގެ އަނެއް ދެލަނޑަކީ އިބްރާހިމް އަމީމް އާއި އަހްމަދު ހުބާބް ޖެހި ލަނޑެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ މިހާތަނަށް އެއްވެސް މެޗަކުން މޮޅުވެފައި ނުވާ ހިތަދޫ ސްކޫލް އާއި މެޗަކުން ބަލި ނުވެ ރިކޯޑް ހިފަހައްޓަމުންދާ މަރަދޫ އިރުޝާދިއްޔާ ސްކޫލްއެވެ.