Last Updated: June 25, 20:21
Thursday, June 25, 2026
ވިޔަފާރި

ބޮޑެތި އެއާލައިންތައް ގަމަށް ދަތުރު ކުރަން ޝައުގުވެރިވޭ

ޔޫރަޕްގެ ބޮޑެތި އެއާލައިންތަކުން ސ. ގަމަށް ދަތުރުކުރުމަށް ޝައުގުވެރިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބްގައި ސަރުކާރު ހިންގާ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ޝަރަފުއްދީން ސްކޫލް ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ ޖަރުމަންވިލާތުގެ ބާރލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބާރލިންގ ފެއަރގެ ތެރެއިން ޔޫރަޕްގެ ބޮޑެތި އެއަރލައިންތަކުން އައްޑޫސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ޒަމީރު ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އިތުރު ޝެޑިއުލް ދަތުރުތައް ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ފަތުރުވެރިކަން އައްޑޫގައި ތަރައްޤީވެގެން ގޮސްފައި ނެތުންކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި 3000 ޓޫރިސްޓް ބެޑް އައްޑޫގައި ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވިއެވެ.

އަދި ޓޫރިސްޓް ހޮޓަލެއް އައްޑޫގައި ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށާއި އެމަޝްރޫޢުވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޒަމީރު ދެއްވިއެވެ.