Last Updated: June 27, 02:30
Friday, June 26, 2026
ސިޔާސީ

ފާރިސް އޭސީސީއަށް ހާޒިރުކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ފާރިސް އޭސީސީއަށް ހާޒިރުކޮށްފައި މިވަނީ އެމަނިކުފާން އިސްވެ ހުންނަވައިގެން މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ފާރިސް އޭސީސީއަށް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10:15އަށެވެ. އޭސީސީއަށް ހާޒިރުވުމަށްފަހު ފާރިސް ވިދާޅުވީ އޭސީސީން ތަހްގީގު ކުރަނީ އެމަނިކުފާން އާއި ގުޅުން ހުރި މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަން ފާރިސް ވިދާޅެއް ނުވެއެވެ.

ފާރިސް ވިދާޅުވީ ސަރުކާރު ޒިއްމާދާރު ކުރުމަށް ފަށާފައިވާ މަސައްކަތާއި ގުޅިގެން ޖަލަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.