ހަބަރެއް ނުވެގެން އިއްޔެ ހަވީރު ހޯދަން ފެށި މަރަދޫ "އޮއިވަރު" ދޯނީގެ ހަބަރެއް ވެއްޖެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ދޯނީގެ ހަބަރެއް ނުވެގެން އޭގެ ވެރިފަރާތުން އެމްއެންޑީއެފްއަށް ގުޅުމާއި ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނީގެ ހަބަރެއް ވެފަިއވަނީ މިއަދު ހެނދުނު 8:07 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ދޯނު ދަތުރު ކުރަމުން ދަނީ އއ. ތޮއްޑޫ އާއި 12 މޭލުން ކަމަށެވެ. ދޯނީގެ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.