ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ޖެހުނު މާބަނޑު މީހާގެ ސިޒޭރިއަން ހަދައި، އޭނާގެ ބަނޑުގައިވާ ދަރިފުޅު ނަގައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި އެ އަންހެން މީހާގެ ސިޒޭރިއަން ހަދާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު އެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އަންހެން މީހާގެ ހާލަތު ބަދަލު ނުވާ ކަމަށާއި، ކުއްޖާގެ ހާލަތާއި ބެހޭގޮތުންވެސް ޑޮކްޓަރު ވަކި އެއްޗެއް ވިދާޅު ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެ ދެމައިންވެސް އޮތީ އައިސީޔޫގައެވެ. އަދި މަންމަގެ ޙާލު އަދިވެސް ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
ސިޒޭރިއަން ހެދިއިރު އެ އަންހެން މީހާގެ ބަނޑަށް ހަތް މަހެވެ.