Last Updated: June 30, 13:05
Tuesday, June 30, 2026
ކުޅިވަރު

އައްޑޫގައި ބާއްވާ އެތުލެޓިކްސް މުބާރާތް ފަސްކޮށްފި

ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ އެޗް1އެން1 ނުވަތަ ސްވައިން ފްލޫގެ ސަބަބުން، މަކިޓަ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަސްކޮށްފި އެވެ.

އެ މުބާރާތް ފަސްކުރަން ނިންމާފައި ވަނީ ރާއްޖޭގައި ފެތުރެމުން އަންނަ ސްވައިން ފްލޫ އާއި ގުޅިގެން އެތުލީޓުންނާއި ޓީމްތަކުގެ އޮފިޝަލުންގެ ރައްކަލަކަށްޓަކައި ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ރޯގާގެ ހާލަތަށް ބެލުމަށްފަހު އެ މުބާރާތް ބާއްވާނެ ތާރީޚެއް އަދި ފަހުން އިއުލާން ކުރާނެ އެވެ.

އެ މުބާރާތް މީގެ ކުރިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 20 އިން 23 އަށް އައްޑޫ ސިޓީގައެވެ.

މީގެ އިތުރުންވެސް އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތާއި އިންޓަ ސްކޫލް ފުޓްބޯޅާ މުބާރާތް ފަދަ މާޗު މަހު ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ގިނަ މުބާރާތްތަކެއް ވަނީ ސްވައިން ފްލޫގެ ސަބަބުން ފަސްކޮށް ކެންސަލް ކޮށްފައެވެ.