Last Updated: May 2, 02:14
Thursday, May 1, 2025
ސިޔާސީ

ޔާމީނަކީ އައްޑު އަށް ޒާތީ ވެރިއެއް: ނިޒާރު

ކައުންސިލް އިންތިޚާބަށް އައްޑޫގައި ކެމްޕެއިން ކުރަނީ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިވީހާ ތަނަށް އައްޑު އަށް ކޮށް ދިން ކަމެއް ނެތް ކަމަށާއި އެ މަނިކުފާނަކީ އައްޑުއާ ދޭތެރޭ ޒާތީ ކަމެއް ގެންގުޅުއްވާ ރައީސެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރުވާ އިރު، އައްޑު އަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.

"އަދި ސިޓީ ކައުންސިލްގެ ބާރުތައް ނަގައި، ކައުންސިލްގެ މުސާރަކޮޅު ކަނޑާލައި، ހޮސްޕިޓަލް އަޅަން ބުނެ އީސީސީ ވީރާނާކޮށްލީމަ ޔާމީނަކީ އައްޑު އަށް ޒާތީ ގޮތެއް ގެންގުޅުއްވާ ވެރިއެއް ކަމަށް ބެލިދާނެ،" ނިޒާރު ވިދާޅުވި އެވެ.

އެހެންވެ މި ހާލަތުގައި ޕީޕީއެމަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އަންނަ މަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އިރު، މި ހަފުތާގައި ޕީޕީއެމްގެ ޓީމެއް އައްޑު އަށް އައިސް ވަނީ "ވައުދުގެ ވާރޭ" އޮއްސާލައިފަ އެވެ.