Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފޭދޫގައި އެކްސިޑެންޓެއް ހިނގައިފި

ފޮޓޯ-އަނަސް ފަޔާޒް

އައްޑޫ ސިޓީގެ ފޭދޫ "ކޮފީ މެކްސް" ރެސްޓޯރެންޓު ކައިރީ ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ޕިކަޕެއް ނިކުންނަން އުޅެނިކޮށް ދުއްވާފައި އައި ސައިކަލެއް ނުގަވާއިދު ފަޅިން އަރައިގަންނަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ރެސްޓޯރެންޓު ކައިރީ ހުރި ސައިކަލެއްގައި ޖެހިގެންނެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ރެސްޓޯރެންޓުގައި ޑެލިވަރީކުރުމުގެ މަސައްކަތްކުރާ ބިދޭސީ މީހަކަށެވެ. އޭނާ ވަނީ މިހާރު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މިއެކްސިޑެންޓުގައި ބިދޭސީ މިހާ ދުއްވަން އިން ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.