Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ހުޅުދޫ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

ހުޅުދޫ ޒުވާނަކު ދަންޖެހިގެން މަރުވެފައިވަނިކޮށް ފެނިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހި މަރުވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވެފައި ވަނިކޮށް ފެނުނީ ގޭގެ ވަޅު ކޮޓަރި ތެރެއިންނެވެ. އޭނާގެ ހަށިގަނޑު މިވަގުތު ވަނީ ސ.ހުޅުމީދު ސިއްހީ މަރުކަޒަށް ގެންދެވިފައެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވީ ދަންޖެހި މަރުވެފައިވަނީ ސ.ހުޅުދޫ، ރޯސް، އަހްމަދު ޒާހީ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރ ވަނީ ބުނެފައެވެ.

ފުލުހުންގެ އައްޑޫ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ޒުވާނަކު ދަންޖެހިގެން މަރުވި މައްސަލަ އެއް ހުށަހެޅި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.