Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޔުނިވަސިޓީގެ މާބަނޑު މުވައްޒިފުންނަށް ޗުއްޓީއެއް

ފޮޓޯ: ކެމްޕަސް ފޭސްބުކް ޕޭޖް

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫގެ ނުރައްކާ އިތުރުވުމުން ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރާ މާބަނޑު މުވައްޒިފުންނަށް ވަގުތީ ގޮތުން ޗުއްޓީއެއް ދީފިއެވެ.

ސްކޫލްތަކާއިއެކު ގައުމީ ޔުނިވާސިޓީވެސް މިހަފްތާގެ ނިޔަލަށް އިއްޔެއިން ފެށިގެން ބަންދުކޮށްފައިވާއިރު އެމްއެންޔޫގެ މާބަނޑު މުވައްޒިފުންނަށް ދީފައިވަނީ ހަފްތާއެއްގެ ޗުއްޓީއެކެވެ.

މާބަނޑު މީހުންނަށް މިވައިރަހުގެ އަސަރުކުރާ މިންވަރު އިތުރުވާތީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ސޮއި ކުރައްވާފައިވާ މެމޯއެއް އެޔުނިވާސިޓީގެ ހުރިހާ މާބަނޑު މުވައްޒިފުންނަށް މިއަދު ވަނީ ފޮނުވާފައެވެ. އެމެމޯގައި ވާގޮތުން މާދަމާ އިން ފެށިގެން އަނެއް ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އެޔުނިވާސިޓީގެ މާބަނޑު މުވައްޒިފުންނަށް ވަނީ ވަޒީފާއަށް ނިކުންނަން ނުޖެހޭ ކަމަށް އަންގާފައެވެ.

މާބަނޑު އަންހެނުންނަށް ފްލޫ ވެކްސިން ޖެހޭ ގޮތަށް މާލޭގެ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ އިން ވަނީ މިހާރު ހަމަޖައްސާފައެވެ.