Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އައިއެމްޑީސީގައި ފްލޫ ކްލިނިކެއް ހަދަނީ

އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓާރ(އައިއެމްޑީސީ)ގައި އަންނަ ހުކުރު ދުވަހުން ފެށިގެން ފްލޫ ކްލިނިކެއް ގާއިމުކުރުމަށް އެހޮސްޕިޓަލުން ނިންމައިފިއެވެ.

ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހެނދުނު 8 އިން މެންދުރު 12:00އަށެވެ. އަދި ހަވީރު 6:00 އިން ރޭގަނޑު 9:00 އަށް ފްލޫ ކްލިނިކުން ބަލިމީހުން ބަލަމުން ގެންދާނެއެވެ.

ފްލޫގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ އަރިދަފުސް ޖެހުމާއި ހުންއައުން އަދި ގައިގައި ރިއްސުން ފަދަ އަލާމާތެއް ފެންނަ ކަމަށްވާނަމަ ޑޮކްޓަރަށް ދެއްކުމަށް ހެލްތް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކެއް ގާއިމުކުރުމަށް މިއަދު ވަނީ ނިންމާފައެވެ.