Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެ އަށް

ރާއްޖޭގެ ރީތި ރިސޯޓެއްގެ މަންޒަރެއް

އޭޝިއާ ސަރަޙައްދަުގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެ އަށް ލިބިއްޖެއެވެ.

އެ އެވޯޑް ރާއްޖެއަށް ލިބިފައި ވަނީ ރަޝިއާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޝޯ ކަމަށްވާ މޮސްކޯ އިންޓަނޭޝަނަލް އެގްޒިބިޝަން ޓްރެވެލް އެންޑް ޓޫރިޒަމް (އެމްއައިޓީޓީ) ގައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި 10 ރިސޯޓާއި ނުވަ ޓްރެވެލް އޭޖެންޓުން ހިމެނޭ ގޮތަށް ޖުމްލަ 19 ދިވެހި ކުންފުންޏަކުން ވަނީ އެމްއައިޓީޓީ ގައި ބައިވެރިވެފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނާ ގޮތުގައި އެމްއައިޓީޓީ ގައި ރާއްޖެއަށް ލިބިފައި ވަނީ 114 އަކަ މީޓާރުގެ ސަރަޙައްދެކެވެ. އެގްޒިބިޝަން ގައި ބައިވެރިވާ 19 ދިވެހި ކުންފުނީގެ 42 މަންދޫބުން ދަނީ ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި ތަފާތު އިނާމްތައް ލިބޭ ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި، ވިޔަފާރި ބައްދަލުވުންތަކާއި އެހެނިހެން އެކިއެކި ޙަރަކާތްތައް ދިވެހި ސްޓޯލްގައި ކުރިއަށް ގެންދަމުންނެވެ.

އެމްއައިޓީޓީ ކޮންމެ އަހަރަކުވެސް ބާއްވާއިރު، އެ ފެއާ ގައި ކޮންމެ އަހަރަކު 192 އަށްވުރެ ގިނަ ޤައުމްތަކުން 1800 އަށްވުރެ ގިނަ ކުންފުނިތައް ބައިވެރިވެއެވެ.އއ