Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަސްތުވާތަކެތި ވިއްކާ ކަަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

ސ. ހިތަދޫގައި މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި މަސްތުވާތަކެތި ވިއްކަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ކަަމަށް ބެލެވޭ ދެ ޕެކެޓާ ވެސް އެކުގަ އެވެ.

އެހެން ނަމަވެސް އޭނާ އާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.