ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އެޗްވަންއެންވަންއަށް މިހާތަަނސް 105 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެ އެޖެންސީން މިއަދު ބުނީ މިހާތަނަށް މި ބައްޔަށް 335 ފަރާތެއް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 105 މީހަކު ޕޮޒިޓިވް ވެފައިވާ އިރު ދެ މީހަކު ވަނީ އެބަލީގައި މަރުވެފައެވެ. އަދި އިތުރު މީހަކު ހުން އައިސް ފަރުވާ ދެމުންދަނިކޮށް އިއްޔެ ވަނީ ނިޔާވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ބަލިއަށް އެންމެ ގިނައިން އެދެމުން ދަނީ ހދ އަތޮޅުން ކަމަށެވެ.
މި ބަލީގެ ނުރައްކާ މާބަޑު މީހުންނަށާއި އުމުރުންދުވަސްވީ މީހުން އަދި ކުޑަކުދިންނަށް އޮތުމާއި ގުޅިގެން ސިވިލް ސާވިސްގެ މާބަޑު މުވައްޒަފުން ވަކި ގޮތެއް އަންގަންދެން ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.