ގ.އ ކޫޑޫއަށް ދިޔަ މަތިންދާބޯޓެއްގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ މިބޯޓުގައި އެމީހާ މަރުވެފައިވާއިރު މައްޔިތާގެ ހަށިގަނޑު މިހާރު ވަނީ ކޫއްޑޫ އެއާޕޯޓުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ގ.އ ކޮލަމާފުއްޓަށް ނިސްބަތްވާ، ގިނަ ދުވަސްތަކެއް ވަންދެން މުސްކުޅި ބަލީގައި ހޭދަކޮށް އެނދުމަތިކޮށްފައިވާ މީހެކެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ފްލައިޓް ތެރޭގައި މީހަކު މަރުވީ ކޫއްޑު އަށް ޖެއްސިތަނާ ކަމަށާއި އެ މީހާގެ މަރު ސާބިތު ކުރަން ޑޮކްޓަރުންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް މަރުވި މީހާއާ ބެހޭ މައުލޫމާތެއް ނުދެ އެވެ.
އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފަހު، އެ މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނެ ކަމަށެވެ.