Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

ލިންކްގައި ދެ ސައިކަލާއި ޕިކަޕެއް އެކްސިޑެންޓްވެއްޖެ

އައްޑޫ ލިންކް ރޯޑްގައި ދާދި ދެންމެއަކު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ލިންކް ރޯޑް ކުނި ކޮއްޓާ ދިމާލު ބެންޑް ސަރަހައްދުން ދެ ސައިކަލާއި ކުނި އުފުލާ ޕިކަޕެއް ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ސައިކަލްތަކުގައި ތިބީ ދެ އަންހެނުންނެވެ. އޭގެ ތެރެއިން އަނިޔާވި ދުވަސްވީ އަންހެނަކު މިހާރު ވަނީ ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެހެން ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.