ރާއްޖޭގައި މި ދުވަސްވަރު ހުމާއި ވައިރަލް ރޯގާ ފެތުރުންދާ އިރު، ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރާ ސާޖިކަލް މާސްކް އައްޑޫން ހުސްވެއްޖެއެވެ.
އައްޑޫގެ ފާމަސީ ތަކުން ސާޖިކަލް މާސްކު ހުސްވެފައިވާ އިރު ހިތަދޫ ހޮސްޕިޓަލް ތެރޭގައި ހުންނަ އެސްޓިއޯ ފާމަސީންވެސް ބުނީ މާސްކު ހުސްވެފައިވާ ކަމަށެވެ.
އައްޑޫން މިހާތަނަށް ސްވައިން ފުލޫގެ އަލާމާތް ހުރި މީހަކު ފެނިފައި ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ އިރު މި ބައްޔަށް ހޮސްޕިޓަލް ތައްޔާރުވެފައިވާކަމަށް އެތަނުން ވަނީ ބުނެފައެވެ.
މާލޭގެ ބައެއް ފާމަސީ ތަކުން މާސްކު ހުސްވުމާއި ގުޅިގެން އެސްޓިއޯއިން މިމަހުގެ 14 ވަނ ދުވަހު ބުނެފައިވަނީ ހުސްނުވެ މާސްކު ވިއްކޭވަރުގެ ސްޓޮކެއް ހުރިކަމަށެވެ.
އެޗްވަންއެން ވައިރަސްއަށް ޕޮޒިޓިވްވި ތިން މީހަކު މިހާތަނަށް ރާއްޖޭން މަރުވެފައިވާ އިރު މިބައްޔަށް 105 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ.