Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ޔުނައިޓެޑު ޔޫރޮޕާ ލީގުގެ ކުއާޓާއަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ފަހު އަށަކުން މެންޗެސްޓާ ޔުނައިޓެޑު ރޮސްޓޮވް ބަލިކޮށް ޖާގައެއް ހޯދައިފިއެވެ.

ރޭ މިދެޓީމު ޔުނައިޓެޑު ހޯމުގައި ބައްދަލުކުރި މެޗު 0-1 އިން ޔުނައިޓެޑު ކާމިޔާބުކޮށް އެގްރިގޭޓުން 1-2 އިން މޮޅުވެ ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައެވެ. މެޗުގެ ހަމައެކަނި ގޯލު 70 ވަނަ މިނެޓުގައި ޖަހާފައިވަނީ ޔުއަން މަޓާއެވެ.

މުޅި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި ގޯލެއް ޖެހުމަށް ޔުނައިޓެޑު ކުރި މަސައްކަތް ރޮސްޓޮވް ޑިފެންސުންވަނީ ފަހު 20 މިނެޓާއި ހަމައަށް ހިފަހައްޓާފައެވެ.

ރޭގެ މެޗުން ޔުނައިޓެޑު މޮޅުވިޔަސް ޕޮގްބާ އަދި ބްލިންޑް ވަނީ އަނިޔާގެ ސަބަބުން މެޗުގެ ވަކި ހިސާބަކުން ކުޅުމާއި ދުރުކޮށްފައެވެ. ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުގެ ފަހު އަށަކަށް ދަތުރުކުރި ޓީމުތަކަށް ބަލާއިރު ބެސްޓިކަސް، ސެލްޓަ ވީގޯ އަދި ގެންކް ހިމެނެއެވެ.