Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ކާޑު ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި

އެސްޓީއޯއިން ކާޑު ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނި ފަރަށް އަރާފައިވަނީ މާލެ ކައިރީގައި އޮންނަ މަކުނުދޫ އައިލެންޑް ރިސޯޓު ކައިރިއަށެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެހިސާބުން ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފްގެ ޑައިވަރުންނާއި އެކު ގޮސް ވަނީ ދޯނި ފުން ކުރުމުގެ މަސައްކަތް ފަށާފައެވެ. ދޯނި ފަރަށް އަރާފައިވަނީ 1800 ބަސްތާ ބަރުކޮށްފައި ހުއްޓައެވެ. އަރި އަޅާލުމުގެ ސަބަބުން ގިނައަދަދެއްގެ ބަސްތާތައް މޫދަށް ވެއްޓި ހަލާކު ވެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ދޯނީގައި ހުރި ބަސްތާތަކުގެ ތެރެއިން ލޮނުގައި ނުޖެހި ތިބި ބަސްތާތައް މިހާރު ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އުތުރުގެ ރަށްތަކަށް ކާޑު ހިފައިގެން ދިޔަ މިދޯނި ފަރަށް އެރުމުގެ ސަބަބުން އެސްޓީއޯއަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވެގެން ދާނެއެވެ.