Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ގައުމީ ސްކޮޑުން އިއްބެއަށް ޖާގަ ދީފި

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ކުޅޭ މެޗުގެ ޕްރިމިލިނަރީ ސްކޮޑް އިއުލާންކޮށްފިއެވެ. މިފަހަރުގެ ސްކޮޑުގައި ޓީސީގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް މަހުދީ(ހަބޭސް އިއްބެ)އާއި އިތުރު ފަސް ކުޅުންތެރިޔަކު އަލަށް ނަގައިފިއެވެ.

މިނިވަން ޗެމްޕިއަންޝިޕުން ވިދާލި އިއްބެ ވަނީ ޓީސީ އިން ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ކަޕް ކާމިޔާބުކުރުމަށް ބޮޑު ރޯލެއް އަދާކޮށްފައެވެ. ގޯލާއި ރައްޓެހި ޒުވާން ފޯވާޑް ވަނީ ފުރަތަމަ މެޗުގެ ފުރަތަމަ ގޯލު ޓީސީއަށް ކާމިޔާބުކޮށްދީފައެވެ.

އިއްބެގެ އިތުރުން އަލަށް ނެގި ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ މުހައްމަދު އައްޒާމާއި އިބްރާހިމް ވަހީދު ހަސަން، އީގަލްސްގެ ރިހާމް އަބްދުލްޣަނީ(ބޮބީ) އަދި ގްރީން ސްޓްރީޓްސްގެ އަހުމަދު ނިޒާމާއި މުހައްމަދު ސާއިފެވެ.

ހުނަރުގެ ގޮތުން ދިވެހި ފުޓުބޯޅައިގައި ފިޔަ ޖަހަމުންދާ މި ހަ ކުޅުންތެރިންނަކީ ކުލަބުތަކުގެ ކޯޗުން ކުރިއަށް އޮތްތަނުގައި ސަރަހައްދީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކުޅުންތެރިންނެވެ.

މިފަހަރުގެ ސްކޮޑުގައި ހިމެނެނީ؛-

ގޯލްކީޕަރުން: މުހައްމަދު އިމްރާން (ވިކްޓަރީ)، މުހައްމަދު ފައިސަލް (ވެލެންސިއާ)

ޑިފެންޑަރުން: އަމްދާން އަލީ (މާޒިޔާ)، ގާސިމް ސައްމާމް (މާޒިޔާ)، ސަމޫހު އަލީ (މާޒިޔާ)، މުހައްމަދު ރަޝީދު – ހޮކޭ (ނިއު)، އަހުމަދު އަބްދުﷲ – ލިލީ (ނިއު)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، ހިސާމް ސަލީމް (ވެލެންސިއާ)، މުހައްމަދު އައްޒާމް (ޓީސީ)، ޝާފިއު އަހުމަދު (ވެލެންސިއާ).

މިޑްފީލްޑަރުން: އަސްހަދު އަލީ – އަޑުބަރޭ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ޔަސްފާދު ހަބީބް – މުލަކޭ (މާޒިޔާ)، އިމްރާން ނަޝީދު (އީގަލްސް)، ރިހާމް އަބްދުލް ގަނީ (އީގަލްސް)، އަހުމަދު ޒާދު (އީގަލްސް)، އަހުމަދު ނިޒާމް (ގްރީން ސްޓްރީޓްސް)، އިބްރާހިމް ވަހީދު ހަސަން (ޓީސީ)، އިސްމާއިލް އީސާ – ވިކްޓަރީ.

ފޯވާޑުން: އަސަދުﷲ އަބްދުﷲ (މާޒިޔާ)، އަހުމަދު އިމާޒް – އާއްކޮ (މާޒިޔާ)، ނާއިޒް ހަސަން – ދާދު (ޓީސީ)، ހުސެއިން ނިޔާޒް މުހައްމަދު – ބޮކުރީ (މާޒިޔާ)، އިބްރާހިމް މަހުދީ – ޓީސީ، އަލީ ފާސިރު – ސެންޓޭ (ނިއު)، ހަމްޒާ މުހައްމަދު – ހަމްޕު (ނިއު).