ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ޑްރޯ ނަގައިފިއެވެ.
ސްޕެއިންގެ ތިން ޓީމު މިފަހަރުގެ ކުއާޓާއަށް ދަތުރުކޮށްފައިވާއިރު ޖަރުމަނުގެ ދެ ޓީމާއި އިނގިރޭސި އަދި އިޓަލީ އާއި ފްރާނުސުގެ އެއް ޓީމު ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.
We're in for a treat! The #UCLdraw… pic.twitter.com/l96zXG0vDE
— UEFA Champions League (@ChampionsLeague) March 17, 2017
އިނގިރޭސި ވިލާތުގެ ލެސްޓާ ކުޅެން ޖެހެނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއިއެވެ. ބާސެލޯނާ އަދި ޔުވެންޓަސް ކުޅުމަށް ހަމަޖެހިފައިވާއިރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ކުޅެން ޖެހެނީ ފްރާންސުގެ މޮނަކޯއާއެވެ.
ކުއާޓާގެ އެންމެ ފޯރިގަދަ މެޗެއް ކަމަށް ބެލެވެނީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑާއި ޖަރުމަނު ވިލާތުގެ ބެޔާން މިއުނިކް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.