ރާއްޖޭގައި ވަރަށް ހަލުވިކަމާއި އެކީ ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުރިހާ މާބަނޑު މުވައްޒަފުންނަށް ވަކި ގޮތެއް އަންގަންދެން ޗުއްތީ ދީފިއެވެ.
އެގޮތަށް ނިންމާފައި ވަނީ ސްވައިން ފްލޫގެ ހައި ރިސްކް ގްރޫޕްތަކުގެ ތެރޭގައި މާބަނޑު މީހިން ހިމެނޭތީ، އެމްޕީއެލްގެ ސީއީއޯގެ ނިންމެވުމާއި އެއްގޮތަށް ކަމަށް ކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދެއެވެ.
އެ މުވައްޒަފުން ވަޒީފާއަށް ނުނިކުތަސް ހުރިހާ އިނާޔަތްތަކާއި މުސާރަ ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެމްޕީއެލްގެ އިތުރުންވެސް ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރާއި ގުޅުންހުރި އެހެނިހެން ބައެއް ކުންފުނިތަކުން ވެސް ވަނީ އެކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފައެވެ.