ސައުދީ އަރަބިއާގެ ހެލިކޮޕްޓަރުތަަކަކުން ގެނައި ވަގު ފައިސާ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އިން ދޮގުކޮށްފިއެވެ.
އެމްއެމްއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލޮކޮޕްޓަރުތަކެއްގައި ބޭލި ފޮށިތަކަކާ އެ އޮތޯރިޓީގެ މުވައްޒަފުން ހަވާލުވިކަމަށް ބެނެ ސޯސަލް މީޑިއާގައި ފަތަރަމުން ދަނީ 'ކަނޑައެޅިގެން ދޮގު' ވާހަކަތަކެއް ކަމަަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ނަގާލާ މާލީ ނިޒާމާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބަރު ނަގާލުމަށް ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށެވެ.
"ބައެއް ސިޔާސީ ފަރާތްތަކުން މި އޮތޯރިޓީއާ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަަަކަތައް ދައްކަމުން ގެންދާތީ، އެކަމާ މި އޮތޯރިޓީން ނުހަނު ކަންްބޮޑުވަމެވެ. މިފަދަ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ދައްކަމުންދަނީ، ސިޔާސީ ބޭނުންތައް ހާސިލުކުރުމަށްޓަކައި، މި އޮތޯރިޓީ އާއި ރާއްޖޭގެ މާލީ ނިޒާމާމެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ނަގާލާ، ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ނަގާލުމަށެވެ،" އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން އަބަދުލް އަޒީޒް ރާއްޖެ ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ސެކިއުރިޓީ ބެލެހްޓުމަށް އައި މަނަވަރުގެ ދެ ހެލިކޮޕްޓަރަކުން އެމްއެމްއޭ އަށް ގިނަ އަދަދެއްގެ ފައިސާތަކެއް ވެއްދި ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.