Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

އައިޑީ ކާޑް އާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އަައިޑީ ކާޑް އާކޮށް ދިނުމުގެ ފުރުސަތު ނެޝަނަލް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ހުޅުވާލާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ސޯޝަލް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބްތަކުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ވޯޓް ލެވޭނީ މުއްދަތު ހަމަ ނުވާ އައިޑީ ކާޑެއް އޮވެގެން ކަމަށްވާތީ ސެޕްޓެމްބަރު 7 ގައި ބާއްވާ އިންތިހާބާ ހަމައަށްދާ އިރު މުއްދަތު ހަމަވާ އައިޑީ ކާޑްތައް އާކޮށް ދިނުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މުއްދަތު ހަމަވާ ކާޑް ގެންގުޅޭ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދީގެން ވަގުތު ޖެހުމުގެ ކުރިން ކާޑް އާ ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މުއްދަތު ހަމަވާން ހަ މަސްވެފައިވާ ކާޑްތައް ވެސް އާކޮށްދޭން ނެޝަނަލް ރަޖިސްޓްރޭޝަނުން ނިންމާފައިވާ ކަމަށް ކައުންސިލްގެ ސޯޝަލް ޑިޕާޓްމަންޓުން ބުންޏެވެ.