Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަރަދޫގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫގައި ހުންނަ ގޯދި ފިހާރަ އާއި ދިމާލުން ލިންކް ރޯޑުގައެވެ.

"ކޭބަލެއް ވަޅުލަން ވެގެން ތާރުގަނޑު ކަނޑާފައި އިން ދިމާލުގައި ހެދިފައި ހުރި ވަޅުގަނޑަށް ޖަހާފައި ވިއްސައިގެން ދިޔައީ. ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައި ވަނީ." މަންޒަރު ދުށް މީހަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ ހިތަދޫ ޒުވާނެކެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާއިރު، މިހާރު އޭނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.