Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި އަޒީމް މާލެ ފުރުވާލައިފި

މިއަދު މެންދުރު އައްޑޫ ސިޓީގެ މަރަދޫ ގޯދި ފިހާރަ ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ވި އަޒީމް އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރ، ޝާހް ސައީދު ވިދާޅުވެފައިވަނީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއްވެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މަގުހެދުމަށް ތާރުގަނޑު ކަނޑައި، އެތަން ރަނގަޅު ނުކޮށް އޮތްވާ ބާރު ސްޕީޑުގައި ދަނިކޮށް ވެލިގަނޑު މަތިން ސައިކަލު ކަހާލައިގެންނެވެ.