ފޭދޫއާއި ގަމާއި ގުޅޭ ހިސާބު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބެންޑުން އަޅަން އުޅެނިކޮށް ކޮންޓްރޯލު ނުކުރެވި ކަހާލައިގެން ގޮސްގެން ކަމަށެވެ.
މިއެކްސިޑެންޓު ހިނގި އިރު ސައިކަލް ދުއްވަން ހުރި ފިރިހެން މީހާ އަށާއި ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ފަޔަށް ވަނީ އަނިޔާވެފައެވެ.
އެކްސިޑެންޓްގައި އަނިޔާ ލިބުނު 2 މީހުން ވެސް ހިތަދޫ ހޮސްޕިޓަލަށް ގެނެސް ދަނީ ފަރުވާ ދެމުންނެވެ.